ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދުން ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރި މިފަތިސް ނަމާދުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ސިފައިންނާއި އާންމުންވެސް ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވިއެވެ.
President Dr @MMuizzu officially commences the Victory Day celebrations with Fajr prayers at the Islamic Centre. Victory Day in the Maldives honours the bravery and resilience shown in overcoming the November 3, 1988, terrorist attack, a pivotal moment in the nation’s history. pic.twitter.com/xqBHXbXSgS
— The President's Office (@presidencymv) November 3, 2024
ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ޙަރަކާތް ވަނީ މިއަދު 6 ޖެހިއިރު ބާއްވާފައެވެ.
President Dr @MMuizzu and First Lady Madam Sajidha Mohamed observe the flag and guard mounting ceremony carried out by @MNDF_Official officials at the Victory Day Monument. Maldives marks Victory Day to commemorate the victory against the terrorist attack of Nov 3, 1988. pic.twitter.com/klwmh4By27
— The President's Office (@presidencymv) November 3, 2024
މި ރަސްމިއްޔާތަށްފަހު "ނަޞްރު ދުވަހުގެ ސިފައިންގެ މައުރަޒު"، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. މިއަހަރުގެ "ސިފައިންގެ މައުރަޒު" އޮތީ ނޭޝަނަލް އާޓް ގެލަރީގައެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ޚާއްޞަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައިވެއެވެ.
President Dr @MMuizzu and First Lady Madam Sajidha Mohamed attend the opening ceremony of 'Nasruge Dhuvahuge Sifainge Maurazu 2024'. This exhibition is organised by @MNDF_Official and held at the National Art Gallery.
The Maldives National Defence Force is hosting this photo… pic.twitter.com/J6vRDAJxck
— The President's Office (@presidencymv) November 3, 2024
މިރޭ ބާއްވާ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަަނަ ދުވަހު ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް ދިވެހި 6 ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި ސިފައިންނާއި ދުޝްމަނުންގެ މެދުގައި ކުރެވުނު ހަނގުރާމާގައި 19 ދިވެހިން ޝަހީދުވިއެވެ.