11 ފެބުރުވަރީ 2026
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް

ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އަރުވައިފި

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ނަޞްރު ހޯދުމުގައި އިސް ދައުރެއް އަދާކުރެއްވި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތެއް ކަމުގައިވާ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފިއެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ ނަޞްރު ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޢިއްޒަތް އެރުވުމަށް ނިންމެވީ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޚާއްޞަކޮށް 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅިގެން ޤައުމުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އެމަނިކުފާނަށް ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލްވެސް ވަނީ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު