13 ޑިސެންބަރު 2025

މާފަންނު ބޮޑުގެ ބިމުގައި 3 ބުރީގެ މިސްކިތެއް ބިނާކުރަނީ

މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.

މާފަންނު ބޮޑުގެ ބިމުގައި މިހާރު ހުރީ ވަގުތީ މިސްކިތެކެވެ. އެމަސައްކަތް ހަވާލު ކުރާނީ ސްޕޮންސަރ ކުރާ އަމިއްލަ ބަޔަކަށް ކަމަށާއި، އެ މިސްކިތް އެޅިގެންދާނީ ޤުރުއާން ކްލާސްތަކާއި ލައިބްރަރީ ވެސް ހިމެނޭހެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަމިއްލަ ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ދިން ހުއްދައިގެ ދަށުން ތަރައްގީ ކުރަމުންދާ 9 މިސްކިތް ދެ އަހަަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން، އިސްލާމީ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިސްކިތްތައް ބިނާ ކުރުމާއި އެކިއެކި ފޯރަމްތަކާއި ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހުރިހާ ކަމެއްވެސް މި ހިނގަނީ މި ސަރުކާރު އައި ފަހުން. ކުރިން އައި މީހަކު ކަމެއް ކުރިތަ؟ އަންތަރީސް ވެއްޖެ ހަމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު