17 ޑިސެންބަރު 2025
ޢަބްދުލްޙަސީބް އިސްމާޢީލް، ފޮޓޯ: ޕީއެސްއެމް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޙަޞީބު އައްޔަންކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢަބްދުލް ހަޞީބު އިސްމާޢީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލް ޙަޞީބު އިސްމާޢީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ މުއްދަތު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅެކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅި ރިޕޯޓާ އެއްގޮތަށް، މަޖިލީހުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން މި ނަންފުޅު ވަނީ ފާސްކޮށްފައެވެ. ޢަބްދުލް ޙަޞީބަކީ މިހާރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މިހާރު އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުލްޙަސީބް އިސްމާޢީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު