އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއާއި ދިވެހިރާއްޖެ ދެމެދު އޮންނަނީ ވަރުގަދަ ގުޅުމެއް ކަމަށާއި ޓްރަމްޕުގެ ޒައާމަތުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށާޢި، ދުނިޔޭގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭނާ މި އިންތިޙާބު ކާމިޔާބު ކުރެއްވީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާއި ވާދަކުރައްވައިގެންނެވެ. އެމެރިކާގެ 47 ވަނަ ރައީސްއަކަށް އިންތިޙާބުވެވަޑައިގަތް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ޤައުމުގެ 45 ވަނަ ރައީސްކަންވެސް ކުރައްވާފައެވެ.
ގުޅުންހުރި:
އެމެރިކާގެ ރިޔާސީ އިންތިޚާބު 2024: ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި