10 ފެބުރުވަރީ 2026
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް

ކަރެކްޝަންގެ އޭސީޕީ އާސިފް، ޚިޔާނާތުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ. މި ފިޔަވަޅު އެޅިފައިވަނީ ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެހެން އެކައުންޓުތަކަށް ޖަމާކުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.

މި މައްސަލަ ފާހަގަކުރެވުނީ ކަރެކްޝަނުގެ 35 މުވައްޒަފަކު މިދިޔަ އޮގަސްޓު މަހު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އާސިފް ސަސްޕެންޑް ކުރެވިފައިވަނީ މައްސަލައިގެ ތަޙްޤީޤު ނިމެންދެނެވެ. އަދި މި މުއްދަތުގައި އޭނާއަށް ކަރެކްޝަނުގެ އެއްވެސް އިމާރާތަކަށް ވަދެވޭނެ ކަމަކަށް ނުބެލެވެއެވެ.

އާސިފް ޕްރިޒަންސް ކްލަބްގެ ރައީސްކަމާ ހަވާލުވިއިރު އެކައުންޓުގައި ފަސް ލައްކައެއްހާ ރުފިޔާ ހުރިކަމަށް ވެއެވެ. މި މައްސަލަ ބެލުން ލަސްވަމުންދާތީ އޮފިސަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަސްޓަމްސްގައި އެތިބަ ކޮމިޝަނަރުންގެ މައްސަލަތައްވެސް އޮތީ އެންޓިކޮރަޕްޝަނުގައި ހިފަހައްޓާފައި.

  2. ދައުލަތުން ވައްކަން ކޮށްފިއްޔާ ހުރަހަށް އަތް ބުރިކުރަންވީ…ޙައްލަކީ ޢުމަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު