18 ޖަނަވަރީ 2025
މަޖިލީހުގެ ޖަލްސާއެއްގައި ސުޖާއު ވާހަކަދައްކަވަނީ، ފޮޓޯ: މަޖިލިސް

ގެދޮރުވެރިކަމުގެ ބަޖެޓުން އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތަކާމެދު ޝުޖާޢު ސުވާލު އުފައްދަވައިފި

ގެދޮރުވެރިކަމުގެ ބަޖެޓުން އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތަކާމެދު ޝުޖާޢު ސުވާލު އުފައްދަވައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ އެމްޑީޕީގެ ސަރުކާރުން ގެދޮރުވެރިކަމަށް ކަނޑައެޅި ބަޖެޓުން 5 އަހަރުގެ ތެރޭގައި އެޅުނު ފްލެޓްތަކުގެ އަދަދާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ.

މެންބަރު ޝުޖާޢު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ރޭ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައެވެ.

އިތުރަށް، މެންބަރު ޝުޖާޢު ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެމްޑީޕީއަށް ބަލައިނުގަނެވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

މިއީ ރާއްޖޭގެ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކުގެ ތެރެއިން އެއް ސުވާލެވެ. މި މައްސަލައަކީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދައުލަތުން ވައްކަން ކުރީމާ ޕީއެންސީ މީހަކަސް އެމް ޑީ ޕީ މީހަކަށް ވިޔަސް އަތްކަނޑަން ގާނޫނެއް ވުޖޫދު ކުރިއްޔާ މާރަނގަޅުވާނެ…ނުކެރޭނެ…ތިޔައީ ހުސް ^^^ ވިއްޔާ….ޙައްލަކީ ޢުމަރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު