18 ޖަނަވަރީ 2025

ވެރިމީހާ މަނާކޮށްފައިވާ މުންކަރާތެއް ޕްރޮމޯޓްކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން: ޝެއިޚް ޝާފިޢު

ވެރިމީހާ އަދި ސަރުކާރުން މަނާކޮށްފައިވާ މުންކަރާތެއް ޕްރޮމޯޓްކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމަށް ޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝެއިޚް ޝާފިޢުގެ ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ "މީހަކު މުންކަރާތެއްގައި ބައިވެރި ވަންޏާ ދިވެހި ނޫސްތަކުން އެކަން ޕްރޮމޯޓްކުރުމުގައި އެއް ނޫސް އަނެއް ނޫހާ ވާދަކުރާނެ!" ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ޝެއިޚް ފާހަގަކުރައްވާފައިވެއެވެ.

ޝެއިޚްގެ މި ބަސްފުޅުތަކުން ދޭހަވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފު ކަންކަން ނުވަތަ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަންތައްތައް މީޑިއާގައި ޕްރޮމޯޓްކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމެވެ. އަދި މިފަދަ ކަންކަން ރިޕޯޓުކުރުމުގައި ނޫސްތަކުން އިތުރަށް ސަމާލުވާންޖެހޭކަމަށް ޝެއިޚް އިޝާރާތްކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު