23 އެޕްރީލް 2025
ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ) ގެ ކުރެހުމެއް؛ ފޮޓޯ: އެޗްޑީސީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު އިޢުލާންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު އިޢުލާންކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތައް ރޭ ވަނީ ލޯންޗުކޮށްފައެވެ.

އެކަމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، "ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް" ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދުއެވެ.

އެގޮތުން، ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް ރޭ ވަނީ ލޯންޗުކޮށްފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައްވެސް ވަނީ މިރޭ ދައްކާލާފައެވެ.

އޭގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި ލޯންޗުކުރެވުނު އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައިވެސް ރޭ ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ޑޭވިޑް ޕިއެރިސް ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އެވެ.

އެޗްޑީސީން މިރޭ ލޯންޗުކުރި މި މަޝްރޫއުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެކެވެ. އަދި މި މަޝްރޫއުތަކުގެ މަގްސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނައުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެގޮތުން، މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރޭ ލޯންޗުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ހިންގޭ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއު ހިމެނެއެވެ.

2. ރޯ ހައުސް – މޮޑާރން ކަނެކްޓެޑް ހޯމްސް، (ހުޅުމާލެ)

· ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ފަދައިން، ހުޅުމާލެ ފޭސް 2 ގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުމަށް ޕްލޭންގައި މިވަނީ ހިމަނާފަ.

· މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އަޅާނެ.

· މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު.

· މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، ވަޒީފާގެ ފުރުސަތުތައް ފަހިވެ، ލޯކަލް އިގްތިސާދު ހަރުދަނާވެ، އަދި އާންމުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ މަޝްރޫއެއް.

3. ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް – (ހުޅުމާލެ)

· ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ.

· މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރާނެ.

· އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިންގ އެޕާޓްމަންޓްސް.

· މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިފަރާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ވަނީ ނިންމާފަ.

4. މޮޑާރން ޕްރީފެބް ހޯމްސް- އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިންގ (ހުޅުމާލެ)

· ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުން.

· މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް.

· މޮޑާރން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް.

· ސަރުކާރުން މި މަހު 5 ވަނަ ދުވަހު އިފްތިތާހުކުރި "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ބައްލަވައިގަތުމަށް ފަސޭހަވެގެންދާނެ.

· މިއީ، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް.

5. ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ (ހުޅުމާލެ)

· ފަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއް.

· އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެ.

· އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެ.

· އަދި އިވެންޓު ސްޕޭސް ވެސް ފަރުކޮޅުފުށީގައި ގާއިމް ކުރެވިގެންދާނެ.

· މީގެ އިތުރުން 5  ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއް.

· އެ ހޮޓަލުގައި ޕޫލްއާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިންގ ހިމެނޭނެ.

· މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއް.

· މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދު އިތުރަށް ފުޅާވެ، އާއްމު ތަނަވަސްކަން އިތުރުވާނެ.

މީގެ އިތުރުން، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި ލީޑަރޝިޕްގެ ދަށުން ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 2023 ގައި.

· ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެއް.

· މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރެވޭނެ.

· މި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވޭ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު