18 ޖަނަވަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މ. ދިއްގަރަށް ވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

މެޑަމް ސާޖިދާ ރަސްމީ ދަތުރުފުޅެއްގައި މ. ދިއްގަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރަސްމީ ދަތުރުފުޅެއްގައި މ. ދިއްގަރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އެ ރަށުގައި ކުރިއަށްގެންދާ ޖަލްސާ އެކަމަނާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އަދި މި ދަތުރުފުޅުގައި ދިއްގަރުގައި ޤާއިމުކުރާ ނޮން-ކޮމިއުނިކަބަލް ޑިޒީޒް ކްލިނިކް ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކް އެކަމަނާ އިފްތިތާޙުކޮށްދެއްވާނެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު