މިކްސް ޑަބަލްސްގައި ނަބާހާ އާއި ޒަޔާން ޝަހީދު ޒަކީގެ ޕެއާ ރިހި މެޑަލް ހޯދި.

ބޮޓްސްވާނާ މުބާރާތުން ރަން ވަނަތައް ހޯދި އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ

ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ދިވެހި ކުޅުންތެރިން ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ކުޅުންތެރިންނަށް މަރުޚަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ވާދަކޮށް ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއާ ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ސާބަސް ދެއްވާފައެވެ. އަދި މި ޝަރަފްވެރި ކާމިޔާބީ ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ކުޅުންތެރިންނާއި މުޅި ޓީމަށް ތަހުނިޔާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވެއެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ރާއްޖޭން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

1. ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ދިވެހި ދެ ކުޅުންތެރިން ވާދަކުރި.
– ޗެމްޕިއަން: ފާތިމަތު ނަބާހާ އަބްދުއްރައްޒާގް
– ރަނަރަޕް: އާމިނަތު ނަބީހާ އަބްދުއްރައްޒާގް

2. މިކްސް ޑަބަލްސްގައި ނަބާހާ އާއި ޒަޔާން ޝަހީދު ޒަކީގެ ޕެއާ ރިހި މެޑަލް ހޯދި.

3. އެހެނިހެން ނަތީޖާތައް:
– ފިރިހެން ޑަބަލްސް: ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު – ލޯ މެޑަލް
– އަންހެން ޑަބަލްސް: ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ – ލޯ މެޑަލް

4. މިކްސް ޑަބަލްސް ފައިނަލްގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަޒަރުބައިޖާންގެ ޕެއާއަށް ބަލިވި.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު