މަނަދޫ އަޒީގެ ޅެންހާރު: މާތްވި ރަމަޟާން އައުމުން

*ރާގު! މަރްޙަބާޔާރަމަޟާނޭ.،،…

މާތްވިރަމަޟާން އައުމުން ހާދަ އުފާތައްލިބެޔޭ
ގާތްކަމާ އެކުވެރިކަން ހާދަބޮޑަށް ބަދަހިވެޔޭ
ޢާއިލާތަކުގެތެރޭ އޮންނަ އިޚާވަތުގެ ގުޅުން 2
ދާއިރާ ބޮޑުވެ ފުޅާކަން އިހުނަށްވުރެ ހުރެޔޭ
މީރުކާތަކެތިބަހައި އިތުރުވި ޞަޤާތްކުރުމަށް 2
ހީނުވާހައި ގިނަމީހުން އެކަމައިގެން އުޅެޔޭ
ފަޅުކަމެއް ދެއްކުވި މިސްކިތްތަކުގައި މީގެކުރީން 2
އަޅުކަމައިގެން ގިނަމީހުންވަދެ ފުރިފައި އޮވެޔޭ
ގާތްވެ ހެޔޮޢަމަލުތަކާ ވާދަކުރާހެން ފަރުދުން 2
މާތްވި ޤުރްއާންކިޔެވުން ހާދަބޮޑަށް އިތުރުވެޔޭ
ގަދަނިދީގައި މުޅިރޭގަނޑު ގުނަމުން ދިޔަމީހުން 2
ގަދައަޅައި ރޭއަޅުކަމުގައިތިބެ މަަޝްޣޫލު ވެޔޭ
ހަރުދަނާކަން ނަފުސަށްލިބި ގަދަ އީމާންކަމުގައި 2
ދަރުމަ ރައްބީގެއަދައި ޛިކްރުތަކުން ހިތްފުރަޔޭ
ދަރުމަޔާ އިތުރުސަވާބާ ބަރަކާތް ހޯދުމުގައި 2
ހަރުދަނާކަން ގިނަމީހުންގެ ކިބައިގައި ހުރެޔޭ
މާތްކަމާ ޝަރަފު ދެދުނިޔޭންއެދި ތައުބާވެ ކަތުން 2
ގާތްވެ ހެޔޮހައިކަމަކާ އުޅުމުގެ ފުރުޞަތު ލިބެޔޭ
ލައިލަތުލްޤަދްރުގެ ބަރަކާތް އެދި ނަފުސާއި ހިތުން 2
ޢައިބުތައް ހުތުރުވި ފިލުވަން ގަދަހިތްވަރު ލިބެޔޭ
ހާދިސާތައް އެކިއެކި ހާމަވެފައިވީ އެޒަމާން 2
ދާދިގާތުން ފެނިދާކަމުގެ އެ އިޙްސާސް ވެޔޭ
ބަދުރު ހަނގުރާމަ ހިނގައި ނިމިދިޔަގޮތް ހިތުގެތެރޭ 2
ހަނދުމަވާހިނދު އުފަލާ ހިތްހަމަޖެހުމާ ލިބެޔޭ
ފަތަޙަމައްކާވެވި ނަޞްރާއި ނަޞީބާ ލިބުމުން 2
މަތަވިގޮތް ކުފުރު ޚިޔާލަށްހަމަ ފެނިފެނިހުރެޔޭ
ބިރުތަކުންދުނިޔެ އަމާންކަންލިބި ފާގަތިކަމުގައި 2
ދިރުމަކުން ދިރުނުހަނދާންތައް ހިތުގައި އިތުރުވެޔޭ
ހިތުގެ އީމާންތެރިކަން އިތުރުވަމުން ދިޔަދިޔަހެން 2
އިތުރުހެޔޮ ޢަމަލުތަކަށް ދަޢުވަތު ލިބިލިބި ހުރެޔޭ
ވަހުމުތައް ސާފުކުރަން ހިތުގެތެރޭގައި އުފެދޭ 2
ރަޙްމަތުގެ އާރުތަކުން ފެންފިނި އޮހިއޮހި ހުރެޔޭ

23 ފެބްރުވަރީ 2026
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *