ހުޅުމާލޭ ހިޔާ ޓަވަރުތަކެއް

ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަނީ، ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، މުހިންމު ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ހާމަކުރި ގޮތުގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށެވެ.

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ ބެލެހެއްޓުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ކުންފުންޏާ ރަސްމީކޮށް ޙަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ރޭވުމުންނެވެ. މިގޮތުން ކުރިއަށް އޮތް ދިހަވަރަކަށް ދުވަހު ހިންގާ ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، 2 ވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ. އަދި މިއީ ދިގު މުއްދަތަކަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކަށް ވާތީ، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރެއެވެ. މާލެ ސަރަޙައްދުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކުގެ ދަށުން، ދާދިފަހުން ވަނީ ހުޅުމާލޭގެ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ