ހަނިމާދޫ ލޯންޗެއްގައި ރޯވެ، އަނިޔާވި ކެޕްޓަނަށް ފަރުވާދެނީ

ހަނިމާދޫ ލޯންޗެއްގައި ރޯވެ، އަނިޔާވި ކެޕްޓަނަށް ފަރުވާދެނީ

ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބޭނުންނުުރެވޭ ވަރަށް އަނދައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:20 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ