ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަން އާއި އެކްޓަރު އަކްޝޭ ކުމާރު 16 އަހަރަށްފަހު އެކުގައި މަސައްކަތްކުރާ ފިލްމު 'ބޫތު ބަންގްލާ' ގެ ޓީޒާ މިހާރު ވަނީ އާންމުކޮށްފައެވެ. މި ފިލްމަކީ 2007 ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު 'ބޫލް ބުލައްޔާ' އާ އެއްގޮތް ސިފަތަކެއް އެކުލެވޭ ހޮރޯ-ކޮމެޑީ ފިލްމެކެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން އަކްޝޭ ކުމާރުގެ އިތުރުން ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ތާބޫ، ވަމީގާ ގައްބީ އަދި މަނޯޖް ޖޯޝީ ފަދަ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުން ޓީޒާ އިން ފެންނަ ގޮތުގައި މި ފިލްމަކީ ބިރުވެރި ހާދިސާތަކާއި މަޖާ ކަންތައްތަކެއް އެކުލެވޭ ފިލްމެކެވެ.
އަކްޝޭ އާއި ޕްރިޔަދަރްޝަން އެންމެ ފަހުން އެކުގައި މަސައްކަތްކޮށްފައިވަނީ 2010 ވަނަ އަހަރު ނިކުތް 'ައްޓާ މީޓާ' ގައެވެ. މީގެ ކުރިން މި ދެމީހުން ވަނީ 'ގަރަމް މަސާލާ' އާއި 'ބާގަމް ބާގް' ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. އަދި މި ފިލްމަކީ ޕަރޭޝް ރާވަލް އާއި އަކްޝޭ ކުމާރުގެ ދެމެދުގައި ޖެހުނު މައްސަލަތަކަށްފަހު އެ ދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމުވެސް މެއެވެ.
ބާލާޖީ މޯޝަން ޕިކްޗާސް އިން އުފައްދާ މި ފިލްމަކީ ޕްރިޔަދަރްޝަން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޑައިރެކްޓްކުރާ ފިލްމެކެވެ. 'ބޫތު ބަންގްލާ' ސިނަމާތަކަށް އަންނާނީ 10 އެޕްރީލް 2026 ގައެވެ.


