ޖަރުމަންގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވެއްޖެ

ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) އިން ވަނީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ އާ ހެޑް ކޯޗުގެ މަގާމަށް ޔާގަން ކްލޮޕް ހަމަޖައްސައިފިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އުމުރުން 59 އަހަރުގެ ކްލޮޕް މި މަގާމާ ހަވާލުވަނީ ޖޫލިއަން ނާގެލްސްމަން މަގާމުން ވަކިވުމާ ގުޅިގެންނެވެ. އޭނާ ވަނީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ގެ ނިޔަލަށް ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކްލޮޕް އެނބުރި ކޯޗިންއަށް މި އައީ 2024 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލުމަށްފަހު ނެގި ދެ އަހަރުގެ ބްރޭކަކަށް ފަހުއެވެ. ވޭތުވެދިޔަ 18 މަސްދުވަހު އޭނާ ހުރީ ރެޑްބުލްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަގާމުގައެވެ. ކްލޮޕް އެ މަގާމުން ދޫކޮށްލުމަށްޓަކައި ޑީއެފްބީ އިން ވަނީ ރެޑްބުލްގެ "ވިންގްސް ފޯ ލައިފް" ޗެރިޓީ ފަންޑަށް 1 މިލިއަން އޭރޯ ހަދިޔާކުރުމަށް އެއްބަސްވެފައެވެ.

ކްލޮޕްގެ އިތުރުން، އޭނާއާއެކު ކުރިން މަސައްކަތްކުރި އެސިސްޓެންޓް ކޯޗުން ކަމަށްވާ ޕެޕިން ލިންޑާސް އާއި ޕީޓާ ކްރަވިއެޓްޒް ގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ޑިފެންޑަރު ސްވެން ބެންޑާ ވަނީ އޭނާގެ ރަސްމީ ޓެކްނިކަލް ޓީމާ ގުޅިފައެވެ. ޖަރުމަނު ޓީމުގެ ކުޅުން ބައްޓަންކުރުމާއި އާ ރޫހެއް އާލާކުރުމުގެ މަސްއޫލިއްޔަތު ކްލޮޕްއާ ހަވާލުކޮށްފައިވާއިރު، ކުރިއަށް އޮތް އިންޓަނޭޝަނަލް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ