ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ އުތުރު ބަނދަރަށް އަންނާނެ ތަރައްޤީ ދައްކައިދޭ ކުރެހުމެއް، ފޮޓޯ: ރައީސް އޮފީސް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެންބަރަށް ނިމޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ބައިގެ މަސައްކަތް ކަމަށާއި، މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެންބަރު މަހަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެން ތަރައްޤީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދުކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މިހެން ދެންނެވިއިރު، އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ އެ ސަރަޙައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، މަސައްކަތް ނިންމައި ނޮވެންބަރު މަހު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ އުތުރު ބަނދަރަށް އަންނާނެ ތަރައްޤީ ދައްކައިދޭ ކުރެހުމެއް، ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކޮށްފައެވެ. އެގޮތުން، ފަޅުން ބައެއް ހިއްކައިގެން މަގު 4 ލޭނަށް ފުޅާކޮށް، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމުގެ އިތުރުން 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ