ސެންޓޭގެ 2 ލަނޑާއެކު ނިއު އިން ވެލެންސިއާ ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ ވާދަ ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ނިއު އިން ކާމިޔާބުކޮށްފިއެވެ. އަހަރުތަކަށްފަހު ނިއު ރޭޑިއެންޓް އަދި ވެލެންސިއާ ވާދަކުރި މި ތާރީޚީ މެޗުގައި ނިއު އިން ވަނީ މެޗު ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން މެޗު ފަށައިގެން ކައިރި ކައިރީގައި ނިއު އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެލެންސިއާގެ ގޯލަށް އަމާޒުކޮށްފައެވެ. ނިއު އިން މެޗުގެ ލީޑު ނެގީ 60 ވަނަ މިނުޓްގައި އަލީ ފާސިރު (ސެންޓޭ) ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ނިއުގެ ދެވަނަ ގޯލު ސެންޓޭ ޖެހީ ލިބުނު ޕެނަލްޓީއަކުން 82 ވަނަ މިނެޓުގައެވެ. މިއީ ވެލެންސިއާ ކުޅުންތެރިއެއްގެ އަތުގައި ޖެހުނުކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް އަލީ ފާސިރު އަކީ މިވަގުތު ލީގުގައި ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާކަން ފާހަގަކޮށްލަންޖެހެއެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ގޯލު ޖަހާފައެވެ.

ހަތަރު އަހަރަށްފަހު ނިއު އިން އަލުން ދިވެހި ލީގުގައި ވާދަ ކުރާއިރު، އެޓީމް ވަނީ ކުޅުނު ތިންމެޗުން ވެސް މޮޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ