ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަދި ބާސެލޯނާ ކުޅުނު މެޗް ޕީއެސްޖީ އިން ކާމިޔާބުކޮށްފިއެވެ.
މިފަހަރުގެ ސީޒަނުގައި ގިނަބަޔަކު އިންތިޒާކުރި އެއް މެޗު ކަމުގައިވާ ޕީއެސްޖީ އަދި ބާސެލޯނާ ވާދަކުރި މެޗް ޕީއެސްޖީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ޕޮސިޝަން ހިފަހައްޓަމުން އައީ ބާސާއިންނެވެ. އެގޮތުން ކައިރިކައިރީގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން އައިސް ބާސާ އަށް މެޗުގެ ލީޑު ނަގައިދިނީ ރަޝްފޯޑްގެ ރީތި އެސިސްޓަކުން ފެރާން ޓޮރޭސްއެވެ.
މިގޯލަށްފަހު ޕީއެސްޖީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މާގިނައިރުތަކެއްނުވެ އެޓީމުގެ ނޫނޯ މެންޑޭޒްގެ ރީތި ޕާހަކުން މަޔުލޫ ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖަހާދިނީ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖިއޮންކާލޯ ރާމޯސް އެވެާ.
މި މެޗުގައި، އެންމެ ފަހުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް އިންދޭ ބެލޮންޑޯ އެވާޑް ހާސިލްކުރި ޕީއެސްޖީގެ ވިންގާ އޮސްމާނޭ ޑެމްބެލޭ އަނިޔާގެ ސަބަބުން ނުކުޅެއެވެ.
ލީގުގައި ދެން ޕީއެސްޖީ ނިކުންނާނީ 17 އޮކްޓޯބަރ ގައި ޖަރުމަނުގެ ބަޔާ ލެވަކޫސެންއާ ދެކޮޅަށެވެ. ބާސާ ނިކުންނާނީ އޮލިމްޕިއާކޮސް އާ ދެކޮޅަށެވެ.


