އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހޭމް 2:0 އިން ބަލިކޮށް އާސެނަލް އިން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މެޗު ފަށައިގެން އާސެނަލުން އައީ މޮޅަށް ކުޅެ ކައިރިކައިރީގައި ވެސްޓްހޭމްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
އެގޮތުން އެޓީމަށް މެޗުގެ ލީޑު ނަގައިދިނީ 38 ވަނަ މިނިޓުގައި ޑެކްލަން ރައިސް އެވެ. އެޓީމުގެ ދެވަނަ ގޯލު ޖަހާދިނީ 67 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާއެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ރޭ ބޯންމަތު ވަނީ ފަހު ވަގުތު 3-1 އިން ފުލަމް ބަލިކޮށްފަ އެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރުވަނައިގައި އޮތް ބޯންމަތު ވެސް ވަނީ ހަތް މެޗުން 14 ޕޮއިްންޓް ހޯދައިފަ އެވެ.
މި ނަތީޖާއާއެކު 16 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތްއިރު ދެވަނައިގައި ލިވަޕޫލް އޮތީ 15 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރުވަނައިގައި އޮތް ބޯންމަތު ވެސް ވަނީ ހަތް މެޗުން 14 ޕޮއިްންޓް ހޯދައިފަ އެވެ.


