ސަލާހުގެ 2 ލަނޑާއެކު މިސްރު 2026ގެ ވޯލްޑްކަޕަށް

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޑީޖްބައުޓް 3-0 އިން ބަލިކޮށް 2026ވަނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގައި ބާއްވާ ފީފާ ވޯލްޑްކަޕުގެ ޖާގަ މިސްރުން ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗުގައި މިސްރުގެ ކެޕްޓަން އަދި ލިވަޕޫލް ފޯވަޑް މުހައްމަދު ސަލާހް 2 ލަނޑު ޖެހިއިރު އެޓީމުގެ 3 ވަނަ ލަނޑު ޖަހާދިނީ މަރްވެން އަޓެޔާ އެވެ.

އަށް އަހަރަށް ފަހު މިސްރުން ވޯލްޑް ކަޕަށް ކޮލިފައިވީއިރު މީގެ ކުރިން އެގައުމުން ވަނީ 3 ފަހަރެއްގެ މަތިން ވޯލްޑްކަޕް ކުޅެފައެވެ.

އެއީ 1934، 1990، އަދި 2018 ވަނަ އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ