އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ވާދަކުރި ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.
ތަޖިކިސްތާންގައި މިއަދު ކުޅެވުނު މެޗުގައި އެގައުމުން ރާއްޖެ ބަލިކުރީ 2:0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން 8 ވަނަ މިނެޓުގައި ތަޖިކިސްތާނުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ.
މެޗުގައި ތަޖިކިސްތާނުން ކާމިޔާބުކުރި ދެވަނަ ގޯލަކީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް އަށް ހެދުނު މިސްޓޭކެއްގެ ސަބަބުން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައެވެ. އެއްވަނައިގައި މި މެޗުގެ ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ.
މި ދެ ޓީމު ވާދަކުރާ ދެވަނަ މެޗު މި މަހުގެ 14 ވަނަ ދުވަހު އޮންނާނީ ރާއްޖޭގައެވެ.


