ފޯވަޑް ރޮބަޓް ލެވަންޑޯސްކީގެ ރިޕްލޭސްމެންޓަކަށް ލެވަންޓޭގެ ފޯވަޑް އެޓާ އެޔޮންގްގެ ސޮއި ހޯދަންއުޅޭކަމުގެ އިޝާރާތެއް ބާސެލޯނާއިން ދީފިއެވެ.
އުމުރުން 37 އަހަރުގެ ލެވަންޑޯސްކީ ބާސާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް 2026 ވަނަ އަހަރު ހަމަވާއިރު، އެޓީމުން ވަނީ އޭނާގެ ޖާގަ ފޫބައްދާނެ ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ގޯލް ގްލޯބަލް އިން ރިޕޯޓްކުރާ ގޮތުގައި މިވަގުތު ބާސާގެ ޓާގެޓް ހުރީ އެޔޮންގް އަށް ކަމުގައެވެ.
އެޔޮންގް ލެވަންޓޭއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2029 ވަނައަހަރުއެވެ. ނަމަވެސ އޭނާގެ ރިލީޒް ކްލޯސް ކަމުގައިވާ 35މިލިއަން ޑޮލަރު ދައްކައިގެން ކުރިއަށްއޮތް ޓްރާންސްފާ ވިންޑޯގައި އެޔޮންގް ގަތުމުގެ ފުރުސަތު އޮންނާނެއެވެ.
ސްޕެނިޝް ރިޕޯޓްތައް ބުނާގޮތުން ބާސާ އިންވަނީ މިހާރު ކުޅުންތެރިޔާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
އުމުރުން 21 އަހަރުގެ ކެމަރޫން މިޑްފީލްޑަރ ވަނީ މިދިޔަ ސީޒަނުގައި ވިލަރެއާލްގެ ބީ ޓީމަށް ކުޅެ 19 ގޯލު ޖަހާ 6 އެސިސްޓް ހަދާދީފައެވެ. ލެވަންޓޭއަށް އޭނާ ސޮއިކުރީ މިދިޔަ އޮގަސްޓްމަހުއެވެ.
ބާސެލޯނާ އިން ނިމިދިޔަ ޓްރާންސްފަރ ވިންޑޯ ގައިވެސް އެޔޮންގް ހޯދުމަށް މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ.


