ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން 1:0 އިން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖަހާދިނީ 61 ވަނަ މިނުޓްގައި އެޓީމުގެ ވަރޖިލް ވެންޑައިކް ނަގާދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން އަލެކްސް މެކަލިސްޓާއެވެ.
މި މެޗަކީ ރެއާލުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް އޭނާގެ ކުރީގެ ޓީމުގެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. މެޗު ތެރެއިން އޭނާ ކުޅެން ނިކުތުމާއެކު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ.


