ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު ކްލަބް ވެލެންސިއާ އިން ކާމިޔާބުކޮށްފިއެވެ.
މި މެޗު ވެލެންސިއާ އިން ކާމިޔާބުކުރީ 1:0 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާގެ ލަނޑު ޖަހައިދިނީ ޒުވާން ކެޕްޓަން އުމުރުން 16 އަހަރުގެ އީތަން އިބްރާހިމް ޒަކީ ނަގާދިން ރީތި ހުރަހެއް ގޯލުތެރެއަށް ވައްދާލައިގެން އެޓީމުގެ އަހްމަދު އަތުވާން އަލީއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީތަން އެވެ.
މިއީ ލީގުގައި ވެލެންސިއާއިން ހޯދި ދެވަނަ މޮޅެވެ.


