ކޮންގޯ އަތުން ބަލިވެ ވޯލްޑްކަޕް26 ގެ ފުރުސަތު ނައިޖީރިއާ އަށް ގެއްލިއްޖެ

ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކޮންގޯ އަތުން ބަލިވެ އެފްރިކާގެ ގަދަބާރު ނައިޖީރިއާއަށް އަންނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ޖާގަ ގެއްލިއްޖެއެވެ.

ކޮންގޯ އިން ނައިޖީރިއާ ބަލިކުރީ ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެންނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު ނައިޖީރިއާގެ ސެމީ އަޔީ ޖެހި ޕެނަލްޓީވަނީ ނާކާމިޔާބު ވެފައެވެ.

މިއީ ކޮންގޯ ވޯލްޑްކަޕަށް ކޮލިފައިވި ދެވަނަ ފަހަރެވެ. އެ ގައުމުން އެންމެ ފަހުން ވޯލްޑްކަޕް ކުޅެފައިވަނީ 1974 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ