ފީފާ ވޯލްޑްކަޕް ޔޫރަޕިއަން ކޮލިފައިންގައި ރޭ 6:0 އިން ސްލޮވާކިއާ ބަލިކޮށް ޖަރުމަނުން ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޖަރުމަނުގެ ފަރާތުން ޑޮމިނޭޓް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުގެ ލިރޯއި ސާނޭ ވަނީ 2 ގޯލު ޖަހާ 1 އެސިސްޓް ކޮށްފައެވެ.
މީގެ އިތުރުން ދެން ޖަރުމަނުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ނިކް ވޮލްޓެމޯޑް، ގްނަބްރީ، ބާކޫ އަދި އޮއުޑްރާގޯ އެވެ.
ނެދަލޭންޑްސް އިން ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކޮށްފައި މިވަނީ ލިތުއާނިއާ އާ ދެކޮޅަށްކުޅެ 4:0 އިން މޮޅު ވެގެންނެވެ.
އެޓީމުގެ ލަނޑުތައް ޖަހާދީފައިވަނީ ރެޖްންޑާސް، ގަކްޕޯ، ސިމޮންސް އަދި މަލެންއެވެ.


