އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސް އަތުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.
ގަލޮޅުދަނޑުގައި ކުޅެވުނު މި މެޗުގައި ފިލިޕީންސް އިން ރާއްޖެ ބަލިކުރީ 2:0 ގެ ނަތީޖާއަކުންނެވެ.
ފިލިޕީންސްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރު ޖެފާސަން ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ފިލިޕީންސްގެ ދެވަނަ ލަނޑު ސެންޑްރޯ ރޭޔެސް ޖެހީ ހާވިއާ ގަޔޯސޯ ތިރިތރިން ހުރަސްކޮށްދިން ބޯޅައިންނެވެ.
ފިލިޕީންސުން ދެވަނަ ހާފުގައި އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ރާއްޖޭގެ ޑިފެންސުން ރަނގަޅަށް މަސައްކަތްކޮށް ހުއްޓުވި އެވެ.


