ހައްލު އޮތީ މާ ދުރަކު ނޫން: އާނޭ ސްލޮޓް

ހައްލު އޮތީ މާ ދުރަކު ނޫން ކަމަށާއި ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ނޮޓިންގހަމް ފޮރެސްޓް އަތުން 3-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ބަލިވުމަށްފަހު ދިން އިންޓަވިއުގައި ސްލޮޓް ފެނިގެންދިޔައީ ދިފާޢީ ރޫޙެއްގައެވެ. 2025/26 ގެ ޕްރިމިއާ ލީގު ކެމްޕޭނުގައި ޗެމްޕިއަނުންނަށް ލިބުނު ހަވަނަ ބައްޔަށްފަހު ކުޅުންތެރިންގެ މައިންޑްސެޓް ދަށްވެފައިވާކަމަށް އޭނާ އެއްބަސްވެފައިވީ ނަމަވެސް، ސްލޮޓް ވަނީ ލިވަޕޫލަށް "ޙައްލު އޮތީ މާ ދުރުގައި ނޫން" ކަމަށް ބުނެފައެވެ.

ސްލޮޓްގެ ޓީމަށް މިކަން ބަދަލުކުރެވޭނެ ކަމަށް އޭނާ ދެކޭކަމަށް ބުނި ނަމަވެސް، އަނެއްކާވެސް ދަށް ކުޅުމެއް ފެނިގެންދިއުމުން ލިވަޕޫލްގެ ސަޕޯޓަރުންނަށް އެއީ މާ ބޮޑު ހިތްހަމަޖެހުމެއް ނޫނެވެ.

ލިވަޕޫލާ ހަވާލުވެ އޭނާގެ ފުރަތަމަ ސީޒަންގައި ޤަބޫލުކުރަން ދަތި ގޮތަކަށް ސްލޮޓް ވަނީ ޕްރިމިއާ ލީގުގެ ތަށި އުފުލާފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ ކުރިއަށް އޮތްތަނުގައި އޭނާގެ މަޤާމާ ބެހޭގޮތުން ސުވާލު އުފެދިފައިވާ، ކާރިސާގައި ޖެހިފައިވާ ކްލަބެއްގެ މެނޭޖަރުގެ މަޤާމުގައެވެ. ޙައްލު އޮތީ މާ ދުރުގައި ނޫން ނަމަ، ލިވަޕޫލަށް އަށް ބޮޑަށް ބޭނުންވަނީ ކުޅުން ރަނގަޅުކޮށް، މެޗުތަކެއް ކާމިޔާބުކުރާން ފެށުމެވެ. ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި އެ ޓީމު އަމިއްލަ ދަނޑުގައި ޕީއެސްވީ އާ ދެކޮޅަށް ކުޅޭނެއެވެ. އެއަށްފަހު ނޮވެމްބަރު 30 ގައި ވެސްޓް ހޭމް އާ ދެކޮޅަށް ކުޅުމަށް އިރުމަތީ ލަންޑަނަށް ދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ