މަނާބޭހަށް ޕޮސިޓިވް ވުމުގެ ސަބަބުގެ ސަސްޕެންޝަނުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު ޕައުލް ޕޮގްބާ އަލުން އެބުރި ދަނޑަށް އަތުވެއްޖެއެވެ.
ރޭ ލީގު1 ގައި މޮނާކޯ ކުޅުނު މެޗުގެ 85 ވަނަ މިނުޓްގައި ޕޮގްބާ ކުޅެން ނިކުން ވަގުތު ސަޕޯޓަރުންގެ އަޑުން ވަނީ މުޅި ދަނޑު ގުގުމާލާފައެވެ.
ފްރާންސަށް 2018 ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިޔާ2023 ވަނަ އަހަރުގެ އޮގަސްޓް މަހު، ޔުވެންޓަސްއާ އެކު ކޮންޓްރެކްޓްގައި ހުއްޓާ، އޭނާ ޑީހައިޑްރޯއެޕިއެންޑްރޮސްޓެރޯން (DHEA) އަށް ޕޮޒިޓިވްވުމުގެ ސަބަބުން ވަގުތީގޮތުން ސަސްޕެންޑްކުރެވުނުއިރު، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަތަރު އަހަރުގެ ބޭން އެއް އޭނާއަށް އައެވެ.
ޕޮގްބާ ބުނީ މި ހާދިސާ ދިމާވީ ނޭނގި ތިބެ ކޮންޓެމިނޭޓްވެފައިވާ ސަޕްލިމެންޓެއް ބޭނުންކުރުމުގެ ސަބަބުން ކަމަށާއި، އޭނާގެ ޤާނޫނީ ޓީމުން މިކަން ކާމިޔާބުކަމާއެކު އެޕީލްކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭން ކުޑަކުރެވި، 2025 ވަނަ އަހަރުގެ މާރޗް މަހު އޭނާއަށް އެނބުރި އައުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް ޔުވެންޓަސްއިން 2024 ވަނަ އަހަރުގެ ފަހުކޮޅު އޭނާގެ ކޮންޓްރެކްޓް ދެފަރާތުގެ އެއްބަސްވުމަކާއެކު ނިމުމަކަށް ގެނައުމުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މި ކުޅުންތެރިޔާ ދެ އަހަރަށްވުރެ ގިނަ ދުވަހު ކްލަބެއް ނެތި އަދި ވާދަވެރި ކުޅުމެއް ނުލިބި ހުއްޓެވެ. އެއަށްފަހު މޮނާކޯއިން ރިސްކެއް ނަގައި، މިހާރު ޕޮގްބާ ވަނީ ދަނޑުމައްޗަށް އެނބުރި އައިސްފައެވެ.


