ފޯރިގަދަވި މެޗުގައި ސެލްޓަވިގޯ އިން ރެއާލްމެޑްރިޑް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވިގޯ އަދި ރެއާލްމެޑްރިޑް ބައްދަލުކުރި މެޗް 2:0 އިން ސެލްޓަ ވިގޯ ކާމިޔާބުކޮށްފިއެވެ.

ހަމަނުޖެހުން ގިނަވި މި މެޗުގައި ވަނީ ޖުމްލަ 10 ކާޑު ފެނިގެންގޮސްފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ވިލިއަޓް ސްވެޑްބާގް ގެ ލަނޑުން ސެލްޓަވިގޯ ވަނީ ލީޑު ނަގާފައެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ރެއާލްގެ ފްރާންސެސްކޯ ގާސިއާއަށް ވަނީ ދެރީނދޫކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުތެރެއިން ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ކުރި ކޮމެންޓެއްގެ ސަބަބުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯއަށްވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗުގެ އިތުރު ވަގުތުގައި ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހި މެޑްރިޑްގެ ކުޅުންތެރިން ވަނީ ހަމަނުޖެހުން އުފައްދާފައެވެ. މި ހަމަ ނުޖެހުމުގައި ރެފްރީއާ ދިމާލަށް ބޭއަދަބީ މުއާމަލާތްބޭނުންކުރުމުގެ ސަބަބުން ރެއާލްގެ ކަރޭރާއަށްވެސް ވަނީ ރަތްކާޑެއް ދައްކާފައެވެ. އަދި ފެޑެރިކޯ ވަލްވާޑޭ އާއި ރޮޑްރީގޯ އަށް ރީނދޫ ކާޑު ދެއްކުމުގެ އިތުރުން ބެންޗުގައި އިނދެ ރެފްރީއާ ބޭއަދަބީ މުއާމަލާތްކުރި އެންޑްރިކްއަށްވެސް ވަނީ ރަތްކާޑެއް ދައްކާފައެވެ.

ހަމަނުޖެހުމަށްފަހު ސެލްޓަވީގޯ އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުން މޮޅުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް އަދި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ 4 ޕޮއިންޓަށް ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ