ސިޓީ ދޫކޮށްނުލާނެކަން ހާލަންޑް ކަށަވަރުކޮށްދީފި

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރ އާލިންގ ހާލަންޑް ކްލަބް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކޮށްފިއެވެ.

ސްޕެއިންގެ ރެއާލްމެޑްރިޑަށް ހާލަންޑް ބަދަލުވެދާނެކަމުގެ ވާހަކަތަކެއް މީޑިއާގައި މީގެކުރިން ވަނީ ދެކެވިފައެވެ.

މީގެ ކުރިން މެޑްރިޑްގެ ކުރީގެ ރައީސް ފެނާންޑޯ ސާންޒް ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަދައްކާފައެވެ.

ނަމަވެސް މި ހަފްތާ ޗެމްޕިއަންސް ލީގުގައި ރެއާލްމެޑްރިޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ކުރިން 'ދަ ރެސްޓް އިޒް ފުޓްބޯލް' ނަމަކަށް ކިޔާ ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ހާލަންޑް ބުނީ ސިޓީ ދޫކޮށްލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭކަމަށާއި އޭނާ ސިޓީއަށް ބަދަލުވި އިންގްލޭންޑް ފަދަ ފުޓްބޯޅަ ކުރިއަރާފައިވާ ގައުމެއްގައި ގިނަ ދުވަހު މަތީ ފެންވަރުގައި ކުޅުމުގެ މަގްސަދުގައިކަމަށެވެ.

ހާލަންޑް ސިޓީއަށް ބަދަލުވި އެއް ސަބަބަކީ ލެޖެންޑަރީ މެނޭޖަރ ޕެޕް ގާޑިއޯލާއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ކަމަށް ވެސް ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ