ރައީސް ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ / ފޮޓޯ: ޚުލާސާ

އިދިކޮޅު ފަރާތްތަކަށް މުހިންމީ ރައްޔިތުންނެއް ނޫން، އެކަން ސާފުވެއްޖެ: މުޙައްމަދު އިސްމާޢީލް

ކުރީގައި ވެރިކަން ކޮށްފައި ތިއްބެވި ބޭފުޅުންނަށް މުހިންމީ ރައްޔިތުން ނޫންކަން މިއަދުވެސް ސާފުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މިކަމަށް އިޝާރަތްކުރައްވައި، މުޙައްމަދު އިސްމާޢީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިންވެސް ދިވެހި ރައްޔިތުންނަށް ސާފުވެފައިވާ ފަދައިން، މާލޭގެ މަގުތައް ހެދުން މުހިންމު ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ހުއްޓުމެއްނެތި މިއަދުވެސް ގޮވަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ތަކުލީފަކަށްވާ ކޮންމެ ކަމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ޙައްލުކުރައްވާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުރަމާލެއަށް ބެލިޔަސް އަދި ރަށްރަށަށް ބެލިޔަސް، ރައްޔިތުންގެ ބޭނުންތަކަށް އަވަސް ޙައްލު ހޯދައިދިނުމުގެ މަސައްކަތްތައް މިއަދު ދަނީ ފެންނަމުންނެވެ. އަދި ދިވެހިން ބޭނުންވަނީ ޤައުމުގެ ބޭނުންތަކާއި ރައްޔިތުންގެ ބޭނުންތަކަށް އަވަސް ހައްލުތައް ގެނެސްދެއްވާ ރައީސް ޑރ. މުޢިއްޒު ފަދަ ވެރިއަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދިއުން ކަމަށްވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ