އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް، ފޮޓޯ: ޕީއެސްއެމް ނިއުސް

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ ފެށިއްޖެ

މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓްފޮތް ހަވާލުކޮށް، ޓާމު ޗުއްޓީ ފެށިފައެވެ.

ފުރަތަމަ ޓާމުގެ 16 ދުވަހުގެ ޗުއްޓީއަށްފަހު، ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފެށޭނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ގައި ނިމި، ދަރިވަރުންނަށް 30 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބޭނީ ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 16 އާ ހަމައަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ. މީގެތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަތް 4,790 ދަރިވަރުން ހިމެނެއެވެ. އެއީ މާލެ ސަރަޙައްދުން 1,748 ދަރިވަރުން އަދި އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރުންނެވެ.

މީގެ އިތުރުން، މިއަހަރުގެ ކިޔެވުން ފެށުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ 1,900 އަށްވުރެ ގިނަ ދަރިވަރުންގެ ޖާގައާއެކު، ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ އައު ދާއިމީ ސްކޫލެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ