މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޖުމްލަ 1,804 ކޮންޓެއިނަރ ކްލިއަރކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ޖުލައި 12 އިން 18 އަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުގެ 1,453 ކޮންޓެއިނަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުގެ 351 ކޮންޓެއިނަރެވެ.
މި މުއްދަތުގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު އައިސްފައިވާއިރު، ދެ ބާވަތުން ކުރެ ކޮންމެ ބާވަތެއްގެ 4 ބޯޓު ވަނީ ބަނދަރުން ފުރާފައެވެ. އަދި ޖުމްލަ 2,028 ކޮންޓެއިނަރެއް ބަނދަރަށް ބޭލުނުއިރު، 1,730 ކޮންޓެއިނަރެއް ވަނީ ބޭރުކުރެވިފައެވެ. ފްރައިޓް ޓަނަށް ބަލާއިރު ކޮންޓެއިނަރު ބޯޓުފަހަރުން 41,753.59 ޓަން އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,179.98 ޓަން ވަނީ ކްލިއަރކޮށްފައެވެ.
މިދިޔަ ހަފްތާގައި ކްލިއަރކުރި މުދލުގެ ތެރޭގައި ގިނައީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން ކްލިއަރކުރި މުހިންމު ބާވަތްތަކަކީ:
-
ފިޔާ: 15,821 ބަސްތާ
-
ބިސް: 15,530 ކޭސް
-
އަލުވި: 4,673 ބަސްތާ
-
ޓޮމާޓޯ: 3,614 ކޭސް
-
ދޮންކެޔޮ: 2,112 ކޭސް
އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި ބަނދަރުގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މީގެ ކުރިއާ އަޅާބަލާއިރު މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު މިހާރު ވަނީ އެތައް ގުނައަކުން ކުޑަކުރެވިފައެވެ.


