އިންޑިއާގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)ގެ މުޒާހަރާގެ ތެރެއިން: ފޮޓޯ: ގެޓީީ އިމޭޖްސް

އިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލުދޭން ނިންމައިފި

އިންޑިއާގައި މެޑިކަލް ދާއިރާއަށް ވަނުމަށްދޭ ނީޓް އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ / ކުރަފި ޕާޓީ) އިން ކުރި މުޒާހަރާތަކާ ގުޅިގެން، އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރަ ޕްރަދާން ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.

އެ ޕާޓީން ޑިމާންޑްކޮށްފައިވަނީ އަމިއްލައަށް މަރުވި ދަރިވަރުންގެ ކޮންމެ އާއިލާއަކަށް 1 ކްރޯޑް ރުޕީސްގެ ބަދަލެއް ދިނުމަށެވެ. ސީޖޭޕީގެ ތަރުޖަމާނު މިއަދު ހާމަކުރި ގޮތުގައި، އާއިލާތަކަށް ބަދަލު ދިނުމުގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހުށަހެޅި ހުރިހާ މައްސަލަތަކެއް ބާތިލުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ