ބްރިޖުމަތިން މީހަކު ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި ވީޑިއޯގެ ސްކްރީންޝޮޓެއް:

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހަކު ޖޫރިމަނާކޮށްފި

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހަކު ޖޫރިމަނާކޮށްފިއެވެ.

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް، ސައިކަލުގެ މަޑިމަތީގައި އޮށޯވެގެން ބާރު ސްޕީޑުގައި ދުއްވި މައްސަލާގައި ހިމެނޭ ތިން މީހަކު ޖޫރިމަނާކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއާ ގުޅިގެން، ފުލުހުން ފުރަތަމަ ވަނީ އެ މީހުން ދުއްވި ތިން ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައެވެ.

ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާތީ ސައިކަލު ދުއްވި މީހުންނާމެދު ފިޔަވަޅު ނާޅާކަމަށް ފުލުހުން ބުނުމުން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ފުލުހުން ވަނީ އެ މީހުންނާމެދު އިތުރު ފިޔަވަޅު އަޅާފައެވެ.

އެގޮތުން، މި މައްސަލާގައި ހިމެނޭ ތިން މީހުންގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ތިންވަނަ މީހާ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީ 4,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވި މި ހާދިސާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ