އިންޑިއާގައި މެޑިކަލް ދާއިރާއަށް ވަނުމަށްދޭ ނީޓް އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ / ކުރަފި ޕާޓީ) އިން ކުރި މުޒާހަރާތަކާ ގުޅިގެން، އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރަ ޕްރަދާން ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.
އެ ޕާޓީން ޑިމާންޑްކޮށްފައިވަނީ އަމިއްލައަށް މަރުވި ދަރިވަރުންގެ ކޮންމެ އާއިލާއަކަށް 1 ކްރޯޑް ރުޕީސްގެ ބަދަލެއް ދިނުމަށެވެ. ސީޖޭޕީގެ ތަރުޖަމާނު މިއަދު ހާމަކުރި ގޮތުގައި، އާއިލާތަކަށް ބަދަލު ދިނުމުގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހުށަހެޅި ހުރިހާ މައްސަލަތަކެއް ބާތިލުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.


