ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ ބަޖެޓް ހުސްވެގެންނެތް ނޫން: މަޙްލޫފް

މިއަހަރު އޮންނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ ބަޖެޓް ހުސްވެގެން ނޫން ކަމަށް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ
އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ނިންމާފައިވަނީ، އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީކަމަށް ބުނެ، "މިހާރު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކަށް ރައްދުދެއްވައެވެ.
މިނިސްޓަރ މަޚްލޫފުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ، ކަމަށެވެ
"ކަނޑައެޅިގެން ގޯސް މައުލޫމާތެއް. ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ."
މިއަހަރުގެ ނޮވެމްބަރު 17-16 އަށް ތައިލެންޑުގައި ބާއްވަން ހަމަޖެހުނު އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ވަނީ އަންނަ އަހަރަށް ފަސް ކޮށްފައިވާއިރު، މި މުބާރާތް ދެން ކުރިއަށް ގެންދަން އޭޝިއާގެ އޮލިމްޕިކް ކައުންސިލުން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 24 އިން މާޗު 6 އަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ