އިސްރާއީލުގެ އަޝްކަލޯން: އީރާނުން އިސްރާއީލަށް ހަމަލާދިނުމަށް އެތައް ޑްރޯނަކާއި މިސައިލެއް ފޮވުމާލުން އިސްރާއީލުގެ އެންޑި މިސައިލް ސިސްޓަމުން އެ މިސައިލްތައް ވަައްޓާލުމަށް މަސައްކަތް ކުރަނީ.

އެމެރިކާއިން އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

އީރާނާ ދެކޮޅަށް އެއްވެސް ރައްދު ހަމަލާއެއް  ދިނުމަށް އެމެރިކާއިން އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަމަށް ބުނި ނަމަވެސް،  އިސްރާއީލަށް ދެމުންދާ ނަމަވެސް މިހާރު ހުއްޓިފައިވާ ފަންޑިން ޕެކޭޖްތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ނިންމާފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ރައީސް ޖޯ ބައިޑަން ކުރެއްވި ފޯނުކޯލެއްގައި ވިދާޅުވީ ، އީރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާއާ ގުޅިގެން އެމެރިކާއިން ބަދަލު ހިފުމުގެ އެއްވެސް ފިޔަވަޅެއްގައި އެގައުމުން ބައިވެރި ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމަށް އިޖާބަދީ، އެކިގައުމުތަކުން އެމެރިކާއަށް  ގޮވާލާ ގޮވާލުންތަކާ ބައިޑަން ގުޅިވަޑައިގެންނެވި ނަމަވެސް، މެދުއިރުމަތީގައި އިތުރުވަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ވޮޝިންޓަނުން އިސްރާއީލަށް 14 ބިލިއަން ޑޮލަރުގެ އެހީގެ ފަންޑިން ޕެކޭޖެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އެހީގެ ފަންޑު ދިނުން އަވަސް ކުރައްވާނެކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިސްރާއީލަށް އެ ގައުމުގެ ދިފާއުގައި ހަމަލާ މިނިވަންކަން އެބައޮތް. އެމެރިކާއިން އިސްރާއީލުގެ ދިފާއުގައި މަސައްކަތްކުރުން،އެއީ ގިނަ ދުވަސްތަކެއް ވަންދެން އޮތް ސިޔާސަތެއް އަދި ވެސް  އެކަން އޮތީ އެގޮތަށް، އެކަމަކު މިވަގުތަކު ނޫން، އިރާނަށް ހަމަލާ ދިނުމަށް މިވަގުތު އެމެރިކާ ބައިވެރިވުމަކީ އެންމެ ރަގަޅު ގޮތް ކަމަށް  އަޅުގަނޑުމެން ތަސައްވަރެއް ނުކުރާނަން،" އެމެރިކާގެ  އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވި އެވެ.

އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން ދިން ހަމަލާގެ ރައްދުގައި 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުގައި  އީރާނުން ދިން ހަމަލާގައި 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ވަނީ އިސްރާއީލާ ދިމާއަށް ފޮނުވާލާފަ އެވެ. ނަމަވެސް އޭގެ ސަބަބުން އިސްރާއީލަށް ލިބުނީ ކުޑަ ގެއްލުމެއް ކަމަށާއި  އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖޯޑަންގެ އެހީތެރިކަމާއެކު ހުރިހާ ޑްރޯން އާއި މިސައިލްތަކެއް ވައްޓާލާފައިވާ ކަމަށް، އިޒްރޭލުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ