އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 ގެ ނަތީޖާއަކުން ޗެލްސީ އިން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިއެވެ.
ޗެލްސީއަށް ލީޑު ނަގައިދިނީ މެޗުގެ 14 ވަނަ މިނިޓުގައި މޮއީސެސް ކައިސޭޑޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ޗެލްސީގެ ގޯލަށް ހަމަލާއެއް ފޮނުވާލައިފަ އެވެ.މެޗުގެ 63 ވަނަ މިނިޓުގައި ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ.
ފަހު ވަގުތު ޗެލްސީ މޮޅުކޮށްދިނީ 18 އަހަރުގެ އެސްޓަވާއޯ ވިލިއަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލަށް ވަނީ ތާވަލްގެ އެއްވަނަ ގެއްލިފަ އެވެ.


