މިހާރު އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުންއަންނަ ސްޕެއިން އަދި ބާސެލޯނާ ލެޖެންޑް ޖޯޑީ އަލްބާ، މި ސީޒަނަށްފަހު ފުޓްބޯޅައިން ރިޓަޔާވާނެ ކަން އިއުލާނުކޮށްފިއެވެ..
އުމުރުން 36 އަހަރުގެ ޑިފެންޑަރު ރިޓަޔާވާކަން އިއުލާންކުރީ ދާދި ދެންމެއަކު އޭނާގެ އިންސަޓްގްރާމްގައި ހިއްސާކުރި ވީޑިއޯ ޕޯސްޓަކުންނެވެ.
ބާސާގެ ޔޫތު އެކަޑަމީން ތަމްރީންވި ޖޯޑީ އަލްބާ ވަނީ އެޓީމަށް 11 އަހަރު ގެ މުއްދަތެއްގައު 460 މެޗު ކުޅެދީފައެވެ. މި މުއްދަތުގެ ތެރޭގައި އަލްބާ ވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލަލީގާ 6 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު 1 ފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް 1 ފަހަރު އަދި ކޮޕާޑެލްރޭ 5 ފަހަރު ކާމިޔާބުކޮށްފައެވެ.
2012 ވަނަ އަހަރު ޔުއެފާ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގައި ހިމެނުން އަލްބާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 93 މެޗު ކުޅެދީފައެވެ.
ދާދި ފަހުން އަލްބާ އާއެކު އެއްޓީމަކަށް ކުޅެމުން އަންނަ ބާސާގެ އެހެން ލެޖެންޑެއްކަމުގައިވާ ސާޖިއޯ ބުސްކެޓްސް ވެސް ވަނީ ރިޓަޔާވެފައެވެ.


