އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ޔޫރަޕިއަން ކޮލިފައިންގައި ގްރޫޕް އޭ ގައި ޖަރުމަން އަދި ލަކްސެމްބާރގް ބައްދަލުކުރި މެޗު 4:0 ގެ ނަތީޖާއަކުން ޖަރުމަން ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި ޖަރުމަނުގެ ޖޯޝުއާ ކިމިޗް 2 ލަނޑު ޖެހިއިރު، ބާކީ ލަނޑުތައް ޖަހާދިނީ ރައުމް އަދި ގްނަބްރީއެވެ.
މިގްރޫޕްގައި ދެން ކުޅުނު މެޗުގައި ނޮދަން އަޔަރލޭންޑުން ވަނީ 2:0 އިން ސްލޮވާކިއާ ބަލިކޮށްފައެވެ.
ގްރޫޕް ޑީ ގައި އޮތް ފްރާންސް އިން 3:0 އިން ވަނީ އަޒަރުބައިޖާންގެ މައްޗަށް ކުރިހޯދާފައެވެ. ފްރާންސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ރާބިއޮޓް އަދި ތައުވިން އެވެ.
ދެން ކުޅުނު މެޗުތަކަށް ބަލާލާއިރު ގްރޫޕް ޖޭ ގައި ބެލްޖިއަމް ނޯތު މެސަޑޯނިއާ އާ އެއްވަރުވިއިރު ކަޒަކަސްތާން ވަނީ 4:0 އިން ލެއިޗްޓެންސްޓެއިން ބަލިކޮށްފައެވެ.