ވޯލްޑްކަޕް ކޮލިފައިންގައި ރޭ ފްރާންސް އަދި އަޒަރުބައިޖާން ބައްދަލުކުރިމެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެއެވެ.
މެޗުގެ 82 ވަނަ މިނިޓުގައި އޭނާ އަށް އަނިޔާއެއްވެ ދަނޑުމަތީގައ ފަރުވާހޯދުމަށްފަހު ވަނީ ދަނޑުން ފައިބާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި އަނިޔާއަށްފަހު ޓެސްޓްތައް އޭނާވަނީ ފްރާންސް ގައުމީ ޓީމު ދޫކޮށް އެނބުރި މެޑްރިޑަށް އައިސްފައެވެ.
ރޭގައި ފްރާންސްއިން 3:0 ގެ ނަތީޖާއަކުން އަޒަރުބައިޖާން ބަލިކުރިއިރު އެމްބާޕޭވަނީ އެއް ގޯލު ޖަހާފައެވެ.