ހުކުރު ދުވަހުގެ ރޭ ބްރެޒިލް އަދި ދެކުނުކޮރެއާ ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލް އިން ކޮރެއާ ކޮޅަށް ލަނޑުގޯންޏެއް ޖަހައިފިއެވެ. މި މެޗު ބްރެޒިލްއިން ކާމިޔާބުކުރީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އަށް ލީޑު ނަގައިދިނީ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އެސްޓަވާއޯ ވިލިއަންއެވެ.
ދެވަނަ ހާފު ފަށައިގެން ކައިރިކައިރީގައި ބްރެޒިލް އިން ވަނީ 3 ލަނޑު ޖަހާފައެވެ. 42 ވަނަ މިނިޓުގައި ރޮޑްރީގޯ ޖަހާދިން ލަނޑަށްފަހު އެސްޓަވާންވަނީ 48 ވަނަ މިނިޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. އެއަށްފަހު މިނިޓެއްވެސް ނުވަނީސް ރޮޑްރީގޯ ވަނީ ބްރެޒިލްގެ 4 ވަނަ ލަނޑު ޖަހާދީފައެވެ.
އެޓީމުގެ 5 ވަނަ ގޯލު ކާމިޔާބުކޮށްދިނީ 77 ވަނަ މިނިޓުގައި ވިނީޝިއަސް ޖޫނިއާއެވެ.