15 އޮކްޓޫބަރު 2025

އަނިޔާގެ ސަބަބުން ޖޯން ގާސިއާއަށް އެލްކްލެސިކޯ ގެއްލޭނެކަން ޔަގީންވެއްޖެ

ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާއަށް އަނިޔާގެ ސަބަބުން ލީގުގައި މި މަހުގެ 26 ވަނަ ދުވަހު ރެއާލްމެޑްރިޑާ ދެކޮޅަށް ކުޅޭ އެލްކްލެސިކޯ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ގާސިއާގެ ކަކުލަށް އަނިޔާވީ ސެޕްޓެމްބަރ 25 ވަނަ ދުވަހުގައި ބާސެލޯނާ އަދި އޮވިއެޑޯ ބައްދަލުކުރިމެޗުގައެވެ.

އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ ވާތު ކަކުލުގެ މިނިސްކަސް ރިޕެއަރ ސާޖަރީއެއް ކޮށްފައެވެ.

މުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާގޮތުގައި ގާސިއާ މުޅިން ރިކަވާ ވާން އަދި މަހަކަށްވުރެ ގިނަދުވަސް ނަގާނެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު