15 އޮކްޓޫބަރު 2025

733 ދުވަހަށްފަހު ގަލޮޅު ދަނޑުގައި ދިވެހި ގައުމީ ޓީމުން މެޗެއް ކުޅެނީ

ގަލޮޅުދަނޑުގައި ދިވެހި ގައުމީ ޓީމުން މެޗެއް ނުކުޅޭތާ 733 ދުވަސް ފަހުން މާދަމާ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅެން ހަމަޖެހިއްޖެއެވެ.

ކޮލިފައިންގައި ބާކީ ތިން މެޗު ވެސް އޮތީ ރާއްޖޭގަ އެވެ. ފުރަތަމަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މިއަދު ހަވީރު އެވެ. ފިލިޕީންސް މެޗު ނޮވެމްބަރުގައި އޮތް އިރު އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭނީ މާޗު މަހު އެވެ.

ރާއްޖެ އާއި ތަޖިކިސްތާން މާލޭގައި ބައްދަލުކުރާ މެޗު ފޯރިގަދަކުރުމުގެ ގޮތުން "ފޯރީގައި ދަނޑަށް" ނަމުގައި ހާއްސަ ކެމްޕޭނެއްވެސް އެފްއޭއެމުން ވަނީ ފަށާފައެވެ.

މިހާރުވަނީ މެޗުގެ ޓިކެޓްގެ %75 ވިކިފައެވެ. ޓިކެޓް ވިއްކުން މިއަދު 10:00 އިން ފެށިގެންވެސް ގަލޮޅުދަނޑުގައި ކުރިއަށްދާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު