ސްޕެނިޝް ލަލީގާގައި މި މަހު 26 ވަނަ ދުވަހު ރެެއާލްމެޑްރިޑާ ދެކޮޅަށް ކުޅޭ އެލްކްލެސިކޯ މެޗުގެ ކުރިން ބާސެލޯނާގެ މުހިންމު ދެކުޅުންތެރިން ކަމުގައިވާ ޑެނީ އޮލްމޯ އަދި ފެރާން ޓޮރޭޒް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.
އޮލްމޯ އަދި ޓޮރޭޒް އަށް އަނިޔާވީ ވޯލްޑްކަޕް ކޮލިފައިންގައި ސްޕެއިން އަދި ޖޯޖިއާ ބައްދަލުކުރި މެޗުގައެވެ.
އޮލްމޯގެ ވާތު ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެއެވެ.
މީގެ އިތުރުން ބާސާގެ އެއް ނަމްބަރު ކީޕަރު ޖޯން ގާސިއާވެސް މިނިސްކަސް އިރައިގެންގޮސް ހުރީ ކުޅުމާ ދުރުގައެވެ.
ބާސެލޯނާ އަދި ރެއާލްމެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗަކީ އަބަދުވެސް ވަރަށް ފޯރިގަދަ ހާއްސަ ފޭންބޭސް އެއް އޮންނަ މެޗުތަކެކެވެ. މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4:3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ.