އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ތަޖިކިސްތާނުން 3:0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ބަލިކޮށްފިއެވެ.
މެޗުގެ ފަށައިގެން 4 މިނެޓްތެރޭގައި ތަޖިކިސްތާނުންވަނީ ގޯލެއްޖަހާ ލީޑު ނަގާފައެވެ. އަދި 34 ވަނަ މިނުޓްގައި އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.
ފުރަތަމަ ހާފުގައި ދިވެހި ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.
ތަޖިކިސްތާނުގެ ތިންވަނަ ލަނޑުޖެހީ ދެވަނަ ހާފުގައެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގު މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ތަޖިކިސްތާނުގެ ކުޅުނު މެޗު ވެސް ކާމިޔާބުކުރީ އެޓީމުން 2:0 އިންނެވެ.
މި މެޗަކީ 733 ދުވަހަށް ފަހު ދިވެހި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ރާއްޖޭން އަމިއްލަ ދަނޑުގައި މެޗެއް ކުޅުނީ 2023 ގެ އޮކްޓޯބަރު 13 ގަ އެވެ.
ރާއްޖެ އަށް ދެން މެޗެއް އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. މާލޭގައި ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.