އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން 1-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ. ޕެޕް ގާޑިއޯލާގެ ޓީމުން މި މެޗާ ކުރިމަތިލީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެންމެ ފަހުގެ ނުވަ މެޗުން ބަލިނުވެއެވެ.
މެޗުގެ ހަމައެކަނި ގޯލު 19 މިނިޓުގައި އެސްޓަންވިލާއަށް ޖަހާދިނީ މަޓީ ކޭޝްއެވެ.
މި މެޗަކީ ސީޒަނުގައި މިހާތަނަށް ސިޓީގެ އާލިން ހާލަންޑް ގޯލެއް ނުޖަހާ ނިންމާލި ދެވަނަ މެޗެވެ.
މި ސީޒަނުގައި ކްލަބާއި ގައުމަށް ހާލަންޑް 24 ގޯލު ޖަހާފައިވާއިރު، ވިލާ އާ ދިމާވުމުގެ ކުރިން އޭނާ ގޯލު ޖެހިޔަ ނުދީ ހިފެހެއްޓި ހަމައެކަނި ޓީމަކީ ޓޮޓެންހަމް އެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.


